ސީނިއަރ ބިއުރޯ އޮފިސަރ

01 އޮކްޓޯބަރު 2026

ކޮމިޝަން ބިއުރޯ

(IUL)168-HR/1/2026/112

ދުވަސް ހަމަވެފައި

މަޤާމު:
 ސީނިއަރ ބިއުރޯ އޮފިސަރ
ބޭނުންވާ ޢަދަދު:
 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/8,500 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
- ފޯން އެލަވަންސް -/250 ރުފިޔާ
 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
ޝަރުޠު:
 1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު) ޙާސިލްކޮށްފައިވުން،
 ނުވަތަ،
 2. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓިފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު) ޙާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
 ނުވަތަ،
 3. ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ކޮމިޝަން ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުމާއި ބައްދަލުވުމާގުޅޭ އިދާރީ އެންމެހާ  މަސައްކަތްކުރުން.
  2. ކޮމިޝަން މެންބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޑިޕާޓްމަންޓްގެ ވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުން
  3. ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ތައްޔާރުކުރާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޑިޕާޓްމަންޓްގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  4. ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ، އެއަށް ގެންނަންޖެހޭ އިސްލާހްތައް ޑިޕާޓްމަންޓްގެ ވެރިޔާގެ ލަފާގެމަތިން ދެ ހަފްތާގެ ތެރޭގައި ގެނެސް ޔައުމިއްޔާ ނިންމުން.
  5. ކޮމިޝަން ބައްދަލުވުންތަކުގެ ނިންމުންތައް އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމާގުޅޭ ޑިޕާޓްމަންޓްތަކަށް ފޮނުވުން.
  6. ކޮމިޝަނުގެ ބައްދަލުވުންތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ތަރުތީބުކޮށް ރައްކާކޮށް ބެލެހެއްޓުން.
  7. ކޮމިޝަން ބައްދަލުވުމުގެ އިތުރުން ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުތަކުން ހޯދައި، އަދި ބައްދަލުވުމުގެ ޕްރީ އިންފޮމޭޝަން ޝީޓް ޑިޕާޓްމަންޓްގެ ވެރިޔާގެ ލަފާގެ މަތިން ތައްޔާރުކޮށް ހިއްސާކުރުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  8. ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކަށް ބޭނުންވާ ސްޕީޗް / ޕްރެޒެންޓޭޝަން އަދި މިއަށް ބޭނުންވާ އިތުރު މަޢުލޫމާތު ތައްޔާރުކުރުމުގައި ޑިޕާޓްމަންޓްގެ ވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުން
  9. މެންބަރުންނާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ޑިޕާޓްމަންޓްގެ ވެރިޔާގެ ލަފާގެމަތިން އިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަމާގުޅޭ ފަރާތްތަކުން ހޯދައި ތައްޔާރުކުރުމާއި  މި ބައްދަލުވުންތަކުގެ ރެކޯޑްސް ބެލެހެއްޓުމާއި މި ބައްދަލުވުންތަކާގުޅޭ އިތުރު މަސައްކަތެއް ވާނަމަ، އެ މަސައްކަތެއްގައި މެންބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  10. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ/ޖަމާޢަތްތަކާއެކު މުއާމަލާތުކުރުމާއި ގުޅުން ބަދަހިކޮށް، ކުރަންޖެހޭ މަސައްކަތްތަކުގައި ޑިޕާޓްމަންޓްގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ކޮމިޝަން ބިއުރޯގެ އަހަރީ ވަރކްޕްލޭން ރިވިއުކުރުމުގައި ޑިޕާޓްމަންޓްގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. ކޮމިޝަނުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށް ފޮނުވުން.
  13. ކޮމިޝަނުގެ މެންބަރުން ބައިވެރިވާ ދަތުރުތަކުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ޑިޕާޓްމަންޓް ވެރިޔާގެ ލަފާގެ މަތިން ހަމަޖެއްސުން.
  14. ކޮމިޝަން ބިއުރޯއަށް ލިބޭ ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  15. އެޗް.އޯ.ޑީ މީޓިންގްތަކުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  16. ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
  17. އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  18. އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  19. މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
(ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަތޯ ޔަޤީންކުރުމަށް ޗެކްލިސްޓް ފުރިހަމަ ކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާ އެއްގޮތަށް ލިޔެކިޔުމެއް ހަމަކުރެވިފައިނުވާނަމަ އެލިޖިބިލިޓީ އިވެލުއޭޝަން އަދި ޕޮއިންޓް ދިނުމުގައި އެ ލިޔެކިޔުމެއް ނުގުނޭނެއެވެ.)
 2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
 2.1 ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
 2.2 ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވި، އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
 2.3 ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
 3. ފުރިހަމަކޮށްފައިވާ ކޯހުގެ ޓްރާންސްކްރިޕްޓްތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ).
(ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖުރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާ އަދާ ކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން ހުށަހަޅާ ވަޒީފާ އަދާ ކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މައުލޫމާތު ފުރިހަމަނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.)
 5. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ.
 6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވި މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ރަސްމީ ލިޔުން.
ރަސްމީ ލިޔުމުގައި އަންނަނިވި މަޢުލޫމާތު ފުރިހަމަވާންޖެހޭނެއެވެ.
  • ލެޓާހެޑް ނުވަތަ ތަނުގެ އެޑްރެހާއި ފޯން ނަންބަރު އަދި އީ.މެއިލް.
  • ސްޓޭމްޕް.
  • ވަޒީފާ އަދާކުރި ނުވަތަ ކުރަމުންދާ ތަނުގެ އިސް ފަރާތެއްގެ ނަމާއި، މަޤާމު، އަދި ސޮއި.
(އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް އަދިވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް އެލިޖިބިލިޓީ އިވެލުއޭޝަން އަދި ޕޮއިންޓް ދިނުމުގައި ނުގުނޭނެއެވެ.)
ސުންގަޑި:
 2026 އޮކްޓޫބަރު 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ހިމަނާފައިވާ ލިޔުންތައް