މުހިންމު ޑޮކިއުމެންޓްތައް - އަންހެނުންގެ ޙައްޤުތަކާއިގުޅޭ

ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް ދަ އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން.(ނުރަސްމީ ތަރުޖަމާ) ތަޞްދީޤްކުރެވުނީ: 01 ޖުލައި 1993
ރިޒަރވޭޝަން:
    ދިވެހިރާއްޖެއިން ރިޒަރވޭޝަން ކޮށްފައިވަނީ 16 ވަނަ މާއްދާގެ ފުރަތަމަ ޕެރެގްރާފްގެ (އޭ)، (ސީ)، (ޑީ) އަދި (އެފް) އެވެ.
ޖެންޑަރ އިކުއަލިޓީގެ ޤާނޫނު 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޖެންޑަރ އިކުއަލިޓީގެ ބިލު" ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 23 އޮގަސްޓު 2016 (20 ޛުލްޤަޢިދާ 1437ހ) ވި އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 27 ވި އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ބިލު" ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 13 މޭ 2014 (14 ރަޖަބު 1435ހ) ވި އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނެވެ.
ޖިންސީ ކުށުގެ ޤާނޫނު 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 27 ވި އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޖިންސީ ކުށުގެ ބިލު" ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 13 މޭ 2014 (14 ރަޖަބު 1435ހ) ވި އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 9 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި " ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު" ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 23 އޭޕްރިލް 2012 (2 ޖުމާދަލްއާޚިރާ 1433ހ) ވި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނެވެ.
އާއިލާއާބެހޭ ޤާނޫނު މި ޤާނޫނަކީ، ކާވެންޏާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނަތާއި، ބަލަދުވެރިކަމާއި، ދަރިލެއްވުމާއި، ނަސަބު ސާބިތުކުރުމާއި، އާއިލީ ދިރިއުޅުމާ ގުޅިފައިވާ އެހެނިހެން ބައެއް ކަންތައްތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގައި ޢަމަލުކުރާނޭ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.