މުހިންމު ޑޮކިއުމެންޓްތައް - ކުޑަކުދިންގެ ޙައްޤުތަކާއިގުޅޭ

ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާ (ނުރަސްމީ ތަރުޖަމާ) ސޮއިކުރެވުނީ: 21 އޯގަސްޓް 1990
ތަޞްދީޤްކުރެވުނީ: 11 ފެބްރުއަރީ 1991
ސޮއިކުރުމުން:
ރިޒަރވޭޝަން:
  1. "އިސްލާމީ ޝަރީޢަތަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ އެންމެ އަސާސީ އެއް މަސްދަރު ކަމަށްވާތީ، އަދި އިސްލާމީ ޝަރީޢަތުގައި ކުޑަކުދިން ޙިމާޔަތްކޮށް ބެލެހެއްޓުމުގެ ނިޒާމު ހިމަނާފައި ނުވުމުން، މި ދެންނެވި ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުޢާހަދާގައި ބަޔާންކޮށްފައިވާ އެންމެހައި މާއްދާތަކާއި މާއްދާތަކަށް ރިޢާޔަތްކޮށް، ދިވެހި ސަރުކާރުން ރިޒަރވް ކުރާކަން ހާމަކުރަމެވެ.
  2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި، ދިވެހި އެންމެހައި ރައްޔިތުންނަކީ މުސްލިމުން ކަމުގައި ބަޔާންކޮށްފައިވާތީ، މި ދެންނެވި ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުޢާހަދާގެ 14 ވަނަ މާއްދާގެ 1 ވަނަ ޕެރެގްރާފުގައި ދިވެހި ސަރުކާރުން ރިޒަރވް ކޮށްފައިވާކަން ހާމަކުރަމެވެ."

ތަޞްދީޤް ކުރެއްވުމާ ގުޅިގެން 14 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ ރިޒަރވޭޝަން ހެދިފައި.
އޮޕްޝަނަލް ޕްރޮޓޮކޯލް ޓްދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން ދަ އިންވޯލްމެންޓް އޮފް ޗިލްޑްރަން އިން އާރމްދް ކޮންފްލިކްޓް އިޤްރާރު:
  1. "ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ އިދާރާއަށާއި، ފުލުހުންގެ ވަޒީފާއަށް މީހުން ރެކްރޫޓް ކުރުމުގެ ހުއްދަ ދޭ އެންމެ ދަށް ޢުމުރަކީ 18 އަހަރެވެ.
  2. ނޭޝަނަލް ސެކިއުރިޓީ ސަރވިސްއަށާއި، ޕޮލިސް ސަރވިސްއަށް ވަންނަން ބޭނުންވާ ކޮންމެ ފަރުދަކުވެސް އެކަމަށް އެދި ހުށަހަޅަންޖެހޭނީ ލިޔުމުންނެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުންވެސް އުފަންތާރީހު ގެ ޕްރޫފް ހުށަހަޅަން ޖެހެއެވެ.
  4. ވަޒީފާއަށް މީހުން ހޯދުމަށް ޝޯޓް ލިސްޓް ކޮށްފައިވާ ހުރިހާ ފަރާތްތަކަކީ ވެސް މެޑިކަލް ފިޓްނަސް އަށް ވަރަށް ފަރުވާތެރިކަމާއެކު ސްކްރީން ކުރެވޭ ފަރާތްތަކެކެވެ."
ކުޑަކުދިންގެ ޙައްޤުތައް ރައްކާކުރުމުގެ ޤާނޫނު 19-2019 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 65 ވަނަ ޖަލްސާއިން ފާސްކުރެއްވި، ކުޑަކުދިންގެ ޙައްޤުތައް ރައްކާކުރުމުގެ ބިލު، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 20 ނޮވެންބަރު 2019 (23 ރަބީޢުލްއައްވަލް 1441) ވި ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު 18-2019 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 65 ވަނަ ޖަލްސާއިން ފާސްކުރެއްވި، ކުޑަކުދިންގެ ޢަދުލުގެ ބިލު، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 20 ނޮވެންބަރު 2019 (23 ރަބީޢުލްއައްވަލް 1441) ވި ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު.
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 2020ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 24 ޑިސެމްބަރު 2020 (9 ޖުމާދަލްއޫލާ 1442) ވި ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދުޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު 2009ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 60 ވަނަ ޖަލްސާއިން ފާސްކުރެއްވި، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދުޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ބިލު"، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 12 ނޮވެމްބަރ ވި ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު.