ޕްރޮކިއުމަންޓް ޔުނިޓުގެ މައިގަނޑު މަސްޢޫލިއްޔަތަކީ، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ކޮމިޝަނުގެ މުވައްޒަފުންނާއި ކޮމިޝަނުގެ މެމްބަރުން ރާއްޖެއާއި ރާއްޖޭންބޭރަށް ކުރަންޖެހޭ ދަތުރު ފަތުރުގެ އިންތިޒާމް ހަމަޖެއްސުމާއި، ކޮމިޝަން ހިންގުމަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމެވެ. އަދި މީގެ އިތުރުން ކޮމިޝަނުން ރާވާ، އިންތިޒާމްކުރާ ޚަރަކާތްތަކުގައި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓް ދިނުންވެސް ޕްރޮކިއުމަންޓް ޔުނިޓްގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.