އެންޓި-ޓޯޗަރ ސެކްޝަން
ކޮމިޝަނަށް ހުށަހެޅޭ ޓޯޗަރ ގެ މައްސަލަތައް އެންޓި ޓޯޗަރ ޤާނޫނު 2013 ގެ ދަށުން ބަލައި ތަޙްޤީޤުކޮށް ދަޢުވާ ކުރުމަށް ފެންނަ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވުންވެސް މިޑިޕާޓްމަންޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް މިޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކާގުޅޭ ދާއިރާތަކަށް ޢާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް (ނޭޝަނަލް އިންކުއަރީ) ބޭއްވުމާއި، ކޮމިޝަނަށް ހުށަހެޅޭ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑިންގ ބެލެހެއްޓުމާއި ތަޙުޤީޤު ރިޕޯޓު ތައްޔާރުކުރުން ހިމެނެއެވެ. އަދި ހާދިސާއަކާއި ގުޅިގެން ކޮންމެހެން ކުރަންޖެހޭ ޒިޔާރަތްތައް ކުރުމަށް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރު.އާރު.ޓީ) އެކުލވާލުމާއި، ކޮމިޝަނުގެ ޓޮލް ފްރީ ނަންބަރު 1424 ބެލެހެއްޓުންވެސް ހިމެނެއެވެ.