ހައްޤުތައް

އިންސާނީ ޙައްޤުތަކަކީ ކޮބާ؟

އިންސާނީ ޙައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކެކެވެ. މި ޙައްޤުތައް ލިބިދެނީ ނަސްލާއި، ކުލައާއި، ޖިންސާއި، ބަހާއި، ދީނާއި، ސިޔާސީގޮތުން ނުވަތަ އެހެންވެސް ކަމަކާ ގުޅޭގޮތުން ވިސްނުން ގެންގުޅޭ ގޮތާއި، ވަކި ޤައުމަކަށް ނުވަތަ މުޖުތަމަޢަކަށް ނިސްބަތްވުމާއި، މުދާ ލިބިހުރުމާއި، އުފަންވީ ޢާއިލާއެއްގެ ސަބަބުން ޤަދަރުވެރިވުމާއި، އެހެންވެސް ސަބަބަކާ ހުރެ ޤަދަރުވެރިވުންފަދަ، އެއްވެސް ބާވަތެއްގެ މިންގަނޑަކުން ތަފާތު ކުރުމެއް ނެތިއެވެ. އިންސާނީ ޙާއްޤުތަކުގެ ތެރޭގައި އެންމެ އަސާސީ ޙައްޤު ކަމަށްވާ ދިރިހުރުމުގެ ޙައްޣުން ފެށިގެންގޮސް ފުރިހަމަ ޙަޔާތެއް ހޭދަކުރުމަށް ބޭންންވާ ތަޢުލީމުގެ ޙައްޤާއި މަސައްކަތްކުރުމުގެ ޙައްޤު ހިމެނެއެވެ. ދިރިއުޅުމާއި ގުޅޭ ނިންމުންތައް ނިންމުމަށާއި އިންސާނާގެ ގާބިލުމިހަކަށް ހަދައިދިނުމަށާއި ޤަދަރުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުން ބިނާކުރުމަށް އިންސާނީ ޙައްޤުތައް މަގުފަހިކޮށްދެއެވެ. ހަމައެހެންމެ ބިރުވެރިކަމާއި ފުރައްސާރަކުރުމާއި ތަފާތުކުރުންތަކުން މިންޖުވެފައިވާ މުޖްތަމައެއް ބިނާކުރެވޭނީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީގެންނެވެ.