ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރިސަރޗް
އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން، ޑިސެމްބަރ މަހުގައި
ކުރިއަށް ގެންގޮސްފައިވާ ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލްގެ އޮރިއެންޓޭޝަން
ޓްރެއިނިންގް ނިންމުމުގެ ހަފްލާ މިއަދު ބާއްވައިފިއެވެ. މ ޓްރެއިނިންގް ކުރިއަށް
ގެންދެވުނީ 3 ބެޗަކަށް ބަހާލެވިގެންނެވެ.
މި ޓްރެއިނިންގގެ ފަހު ސެޝަންގައި ދައުލަތުގެ 23
މުއައްސަސާއަކުން ޖުމުލަ 26 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިނިންގްގެ
މަގްސަދަކީ ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލްއަކީ ކޮބައިކަން ބުނެދިނުމާއި، މި
ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު
ހިއްސާކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، ޕޯޓަލްއާ ގުޅުންހުރި އެންމެހައި
ކަންކަން ސާފުކޮށްދީ އަދި ޕޯޓަލް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ
ކަންކަމާ ގުޅޭގޮތުން އެކި މުއައްސަސާތަކުގެ ޚިޔާލު ހޯދުމެވެ.
ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލް އަކީ އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީތަކުން އަދި ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދަށުން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ދައުލަތުން ތަންފީޛުކުރާ މިންވަރު މޮނިޓަރކުރުމުގެ ގޮތުން ޤާއިމުކުރެވިފައިވާ
ވެބް ޕޯޓަލްއެކެވެ. މި ވެބް ޕޯޓަލް ޑިވެލޮޕްކުރުމަށް ފަންޑު ފޯރުކޮށްދީފައި ވަނީ ޑެނިޝް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސްގެ ފަރާތުންނެވެ.
މޯލްޑިވްސް ހިއުމަން
ރައިޓްސް ޕޯޓަލް ޤާއިމުކުރުމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އދގެ ހުށަހެޅުންތައް ތަންފީޛުކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ
މައުލޫމަތު ހޯދުމަށް ފަސޭހަވެގެންދިއުމާއެކު އދގެ ހުށަހެޅުންތަކާއި ހިއުމަން ރައިޓްސް
ކޮމިޝަނުން ދައުލަތަށް ހުށަހަޅާ ހުށަހެޅުންތައް މޮނިޓަރ ކުރުމުގައި ކުރިއެރުންތައް
ލިބެގެންދާނެއެވެ.