ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަކީ ޤާނުނު ނަމްބަރު: 2019/16(ވިސްލްބްލޯވަރ ކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ޤާއިމްކޮށްފައިވާ ޔުނިޓެކެވެ.
މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ؛
•        ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯކުރާ ފަރާތްތަކަށް، "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން ލިބިދޭ ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ބަލައިގަނެ ކަމާބެހޭ ތަހްޤީޤީ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއެއްގެ އިތުރުން ހުށަހެޅޭ މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކުރާ އިދާރާއެކެވެ.

ޝަކުވާ ހުށަހެޅުން

ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކާކުކަން ނޭނގޭގޮތަށްވެސް މަޢުލޫމާތާއި މައްސަލަ ހުށަހެޅޭނެއެވެ. ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން މައްސަލައިގެ އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައާގުޅޭ މަޢުލޫމާތު ތިޔަ ފަރާތަށް ޙިއްޞާކުރުމަށް އެދިލައްވާނަމަ، މައްސަލަ ހުށަހަޅާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ހިމެނުން އެދެމެވެ.
މައްސަލައާގުޅޭ ތަފްޞީލު މަޢުލޫމާތު އެނގޭ މިންވަރަކުން ހިމެނުން އެދެމެވެ. މިގޮތުން ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ނޭދެވޭ ޢަމަލެއް ހިންގާކަމަށް ތުޙުމަތުކުރެވޭ ފަރާތްތަކާއި، އެފަދަ ޢަމަލުތައް ހިނގާފައިވާ ތާރީޚު ނުވަތަ ދުވަސްވަރާއި ތަންތަނާއި، މި ޢަމަލުތަކާގުޅޭ މަޢުލޫމާތު އެނގޭނެ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހިމެނުން އެދެމެވެ.