Human Rights Commission of the Maldives

ސަދަރން ރީޖަނަލް އޮފީސް

ތަޢާރަފް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ސަދަން ރީޖަނަލް އޮފީހަކީ މި ކޮމިޝަންގެ ފުރަތަމަ ރީޖަނަލް އޮފީހުގެ ގޮތުގައި އައްޑޫ ސިޓީގައި ޤާއިމު ކުރެވިފައިވާ އޮފީހެކެވެ.
ގުޅޭނެ މަޢުލޫމާތު:

  • އެޑްރެސް:
    • ސަދަރން ރީޖަނަލް އޮފީސް
    • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
    • ސިލްވަރ ލޭކް،
    • މެދެއާރި މަގު،
    • ހިތަދޫ،
    • އައްޑޫ ސިޓީ،
    • ދިވެހިރާއްޖެ
  • އީ-މެއިލް:   sro@hrcm.org.mv
  • ފޯން:    6880886 960+
  • ޓޯލްފްރީ ނަންބަރު:  1424

ޤާއިމުކުރުން

ސަދަރން ރީޖަނަލް އޮފީސް ނުވަތަ އެސް.އާރް.އޯ އަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މަސައްކަތްތައް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖޭގެ 2 ސަރަޙައްދެއްގައި ރީޖަނަލް އޮފީސް ޤާއިމު ކުރުމަށް ކޮމިޝަނުން ނިންމެވުމާ ގުޅިގެން ހުޅުވުނު ފުރަތަމަ ރީޖަނަލް އޮފީހެވެ. މި އޮފީހުން 2014 ނޮވެންބަރު 09 އިން ފެށިގެން ހިދުމަތް ދޭންފަށާފައިވެއެވެ. 2014 ޑިސެންބަރު 21 ގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ.

މަސްއޫލިއްޔަތުތައް

ދެކުނު ސަރަޙައްދުގެ ރީޖަނަލް އޮފީހުގެ ހައިސިއްޔަތުން އެސް.އާރް.އޯގެ މެންޑޭޓް ބިނާވެފައިވަނީ ކޮމިޝަންގެ ސްޓެރެޓެޖިކް ޕްލޭންގައި އަމާޒުކުރާ ދައިރާ ތަކަށެވެ. މި މެންޑޭޓްގެ ސަރަޙައްދަކީ ހުވަދުއަތޮޅޫ އުތުރުބުރި، ހުވަދުއަތޮޅު ދެކުނުބުރި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ސަރަޙައްދުތަކެވެ.
އެސް.އާރް.އޯގެ މެންޑޭޓްގައި ހިމެނޭ މައިގަނޑު މަސްއޫލިއްޔަތުތަކަކީ:

  • އެސް.އާރް.އޯ މެންޑޭޓްގައި ހިމެނޭ ސަރަޙައްދުގައި އިންސާނީ ޙައްގެއް ގެއްލިއްޖެކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމާއި އިންސާނީ ޙައްގެއް ގެއްލިއްޖެ ކަމަށް ނުވަތަ ގެއްލެމުންދާކަމަށް އެސް.އާރް.އޯ ގެ ސަމާލުކަމަށް އަތުވެއްޖެ ޙާލަތެއްގައި އިސްނަގައިގެން އެފަދަ މައްސަލަ ތަޙުޤީޤު ކުރުން
    - މައްސަލަ ހުށަހަޅާ ފޯމު، ފޯނު، ޓޯލްފްރީ ނަންބަރު، ލިޔުމުން ނުވަތަ އީ-މެއިލް، މިއިން ކޮންމެ ގޮތެއް މެދުވެރިކޮށްވެސް އެސް.އާރް.އޯ އަށް މައްސަލަ ހުށަހެޅިދާނެއެވެ.
  • އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަގާފަތެއް ޤާއިމު ކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާ ކުރުމަށް ސަރަޙައްދުގެ އެކި ދާއިރާތަކަށް އަމާޒުކޮށް އެޑްވޮކެސީ އަދި ތަޢުލީމީ ޕްރޮގްރާމްތައް ހިންގުން.
  • އެސް.އާރް.އޯގެ މެންޑޭޓްގައި ހިމެނޭ ސަރަޙައްދުގައި އިންސާނީ ޙައްޤުތަކާ ގުޅޭ ދިރާސާތައް ކުރުން.
  • އެސް.އާރް.އޯގެ މެންޑޭޓްގައި ހިމެނޭ ސަރަޙައްދުގައި އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް މޮނިޓަރ ކުރުން.
  • އެސް.އާރް.އޯގެ މެންޑޭޓްގައި ހިމެނޭ ސަރަޙައްދުގައި ސަރުކާރުގެ އިދާރާތަކުން އެކަށައަޅައި ތަންފީޒުކުރަމުންދާ ޤަވާއިދުތަކާ ޕޮލިސީތައް އިންސާނީ ޙައްޤުގެ ނަޒަރިއްޔާއިން ދިރާސާކޮށް ކޮމިޝަނަށް ރިޕޯޓު ހުށަހެޅުން
  • އެސް.އާރް.އޯ އިން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޢާންމު ކުރުން.
  • އެސް.އާރް.އޯ ހިންގުމުގެ އިދާރީ މަސައްކަތްތައް ކުރުން.