Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ހުށަހަޅައިފި


12-10-2021ތާރީޙް: 



ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2020-2021 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓަށް ބިނާކޮށް ހަދާފައިވާ ޕްރެޒެންޓޭޝަނެއް ހިއުމަން ރައިޓްސް ކޮމިޝަނުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅާފައެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ 5 މެންބަރުންނާއި އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި، މި ޕްރެޒެންޓޭޝަނަށް ފަހު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ޖަވާބުދެއްވާފައިވެއެވެ.