Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުގެ އިންވެސްޓިގޭޓަރުންނަށް އަމާޒުކޮށް ސެޝަނެއް ބާއްވައިފި


10-10-2021ތާރީޙް: 



ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއާ ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއް މި ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ މުއައްޒަފުންނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 2021 އޮކްޓޫބަރު 5 ވަނަ ދުވަހު ބާއްވައިފިއެވެ.
މި ސެޝަންގެ މަޤްޞަދަކީ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން މި ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގައި ފުރިހަމަ ކުރަންޖެހޭ އުންސުރުތައް ދެނެގަނެ، މި މަރުޙަލާތަކުގައި ކޮމިޝަނުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމެވެ.