Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ހުށަހަޅައިފި


06-10-2021ތާރީޙް: 



ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވުނު ކީ ޕާރފޯމަންސް އިންޑިކޭޓަރސް ޕްރެޒެންޓޭޝަން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ 2021 އޮކްޓޯބަރ 05 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅާފައެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ 5 މެންބަރުންނާއި އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި، މި ޕްރެޒެންޓޭޝަނަށް ފަހު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ޖަވާބުދެއްވާފައިވެއެވެ.