Human Rights Commission of the Maldives

ނޫސްބަޔާން - PR-04/2020


09-03-2020ތާރީޙް: ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 (ނޮވެލް ކޮރޯނާ ވައިރަސް) ބަލި ޖެހިފައިވާ މީހުން ރާއްޖެއިން ފެންނަމުންދާތީ، މި ހައްސާސް ދަނޑިވަޅުގައި ފަރުދީ ޒިންމާ އިސްކޮށް، އަނެކާއަށް އަޅާލައި އެއްބައިވަންތަކަން އިސްކޮށް، ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އެންމެހާ ފަރާތްތަކުގެ ޢަމަލުތައް ބެހެއްޓުން މުހިންމުކަން ފާހަގަކުރަމެވެ. މިގޮތުން، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ސިއްޚީ ޚިދުމަތްތައްދޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން، މި ބަލިން ރައްކާތެރިވުމަށް ކޮންމެ ފަރުދަކުވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ. އަދި މި ބައްޔާ ބެހޭ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން ނުއުފެދޭނެހެން، ޞައްޙަ ތެދު މަޢުލޫމާތު، ޒިއްމާދާރުކަމާއެކު ގެނެސްދިނުމަށް އިލްތިމާސްކުރަމެވެ.