Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި


12-02-2020ތާރީޙް: އިންސާނީ ޙައްޤުތައް ދަމަހައްޓާއި ކުރިއެރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މައްސަކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރ)އާއެކު 12 ފެބުރުވަރީ 2020 ވަނަ ދުވަހު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެދަށުން ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިފިކޭޝަންއާ ގުޅޭގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު)ގެ ޑޭޓާބޭސްއިން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، ކޮމިޝަނަށް އެ މަޢުލޫމާތު ފަސޭހައިން ހޯދުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކުރުމުގެ ހުއްދަ ކޮމިޝަނަށް ދިނުމާއި، މަޢުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
މި ފަހުމުނާމާގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާމިނަތު އީނާސް އަދި ޑީ.އެން.އާރގެ ފަރާތުން ސޮއިކުރެއްވީ ޑީ.އެން.އާރގެ ޑިރެކްޓަރ ފަރީދާ ޔޫސުފްއެވެ.