Human Rights Commission of the Maldives

ކ. ހިންމަފުށީގައި ޤާއިމްކުރަމުންދާ ނޭޝަނަލް ރިހެބިލިޓޭޝަން ސެންޓަރަށް ހިއުމަން ރައިޓްސް ކޮމިޝަނުން މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


05-02-2020ތާރީޙް: ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. ހިންމަފުށީގައި ޤާއިމްކުރަމުންދާ ނޭޝަނަލް ރިހެބިލިޓޭޝަން ސެންޓަރަށް 2020 ފެބުރުވަރީ 5 ވަނަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްސަދަކީ ކ. ހިންމަފުށީގައި ޤާއިމު ކުރަމުންދާ ރީހެބިލިޓޭޝަން ސެންޓަރަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެއްތޯ ބަލައި އެ ސެންޓަރުގެ އާންމު މާއްދީ ޙާލަތު ދެނެގަތުމެވެ. މި ޒިޔާރަތުގައި ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު ކަމާގުޅޭ އިދާރާތަކާ ހިއްސާކުރެވޭނެއެވެ.