Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން "ސައުތު އޭޝިއާ ރީޖަނަލް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ"ގައި ބައިވެރިވެއްޖެ


14-11-2019ތާރީޙް: ސްރީލަންކާގެ ކޮލަންބޯގައި 2019 ނޮވެންބަރު 11 އިން 13 ވަނަ ދުވަހަށް ބޭއްވުނު "ސައުތު އޭޝިއާ ރީޖަނަލް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ" މި ކޮންފަރެންސްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ނާއިބް ރައީސް އަލްފާޟިލް މުޙައްމަދު ޒާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގެ މި އަހަރުގެ ޝިޢާރަކީ "އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އިން އެކްޝަން" އަ ނެރޭޓިވް އޮފް ޕްރޮޓެކްޝަން އެންޑް ޕްރިވެންޝަން" އެވެ. މިއީ އިންސާނިއްޔަތަށް ޚިދުމަތްކުރުމާބެހޭ ބައިނަލްއަޤްވާމީ ޤާނޫނު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.

މި ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) އާއި ސްރީލަންކާގެ ސަރުކާރު ގުޅިގެންނެވެ.