Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޕްރެޓެކްޝަން އޮފް ދަ ރައިޓްސް އޮފް ދަ މައިގްރަންޓް ވޮރކާސް"ގައި ބައިވެރިވެއްޖެ


14-11-2019ތާރީޙް: ނޭޕާލްގެ ކަތަމަންޑޫގައި 2019 ނޮވެންބަރު 12 އިން 14 ވަނަ ދުވަހަށް ބޭއްވުނު "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޕްރެޓެކްޝަން އޮފް ދަ ރައިޓްސް އޮފް ދަ މައިގްރަންޓް ވޮރކާސް" މި ކޮންފަރެންސްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ ބިދޭސީ މަސައްކަތްތެރިންގެ ޚައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ފުރުސަތުތައް ފާހަގަކުރުމާއި، މި ދާރިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމާއި، ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހޮވުމުގައާއި އެފަރާތްތަކަށް އަދުލު އިންސާފު ލިބިދިނުމަށް ހަމަހަމަ ފުރުސަތު ހޯދާދިނުމަށް މަސައްކަތްކުރުމެވެ.

މި ބައްދަލުވުމުގެ ސެޝަންއެއް ކޮމިޝަނުގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް ޗެއަރ ކުރައްވައި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަރުދާހެއް ހުށަހަޅުއްވާފައިވެއެވެ. މި ބައްދަލުވުމުގައި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކި ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ނޭޕާލްގެ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.