Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަންއިން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށްފި


29-04-2019ތާރީޙް: ހިއުމަން ރައިޓްސް ކޮމިޝަންއިން މ.ޝައިނިންގ ސްޓަރ، ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ 2019 އެޕްރީލް 29 ގައި ބައްދަލުކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންއިން ދަނީ މ.ޝައިނިންގ ސްޓަރ، ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިޔަށް ގެންދާ ތަޙުޤީޤު މޮނިޓަރކޮށް، ތަޙުޤީޤު އަވަސްކުރުމަށް ބާރުއަޅަމުންނެވެ. އެގޮތުން މައްސަލައިގެ ތަޙުޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ގަވާއިދުން ލިޔުމުން ހޯދުމާއި، އެފަރާތާއެއެކު ބައްދަލުވުންތައް ބޭއްވެމުންދެއެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީޢަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވެއެވެ. މީގެއިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި، ފުލުހުންގެ ތަޙުޤީޤާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވިފައިވެއެވެ.

ރިޟްވާން ޢަބްދުﷲ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ.