Human Rights Commission of the Maldives

ޕަބްލިކް ސަރވިސް މީޑިއާ އާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބައްދަލުކޮށްފި


24-01-2019ތާރީޙް: ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން 24 ޖަނަވަރީ 2019 ވީ ބުރާސްފަތި ދުވަހު ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، އިންސާނީ ޙައްޤުތަކާއި ޒިންމާތަކަށް ރައްޔިތުން ހޭލުންތެރިކުރުވައި، ޚައްޤުތައް ކުރިއަރުވައި އެ ޙައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރުމަށާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ މާހައުލެއް ޤާއިމްކުރުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.