2012 މެއި 29 ގައި އުސްފަސްގަނޑު ބަލާފާސްކުރުމަށް ފުލުހުން ދިއުމާގުޅިގެން ހިނގައިދިޔަ ކަންތައްތައް ކޮމިޝަނުން މޮނިޓަރކުރުން

 

 

 

29 މެއި 2012 (އަންގާރަ)


ފާހަގަކުރެވުނު ކަންތައްތައް


އުސްފަސްގަނޑު ސަރަހައްދު (ހެނދުނު 7:30 ން ފެށިގެން)

 • ފުލުހުން ރަޔަޓް ގިޔަރގައި ބެޓަންއާއި ޝީލްޑާއިއެކު އެތަނުގައި ތިބިކަން.


 • އުސްފަސްގަނޑުގައި ތިބީ ވިއްސަކަށް މީހުންއެތަނުން ފޮނުވާލިއިރު، އެތަނުގައި މަޑުކުރަން ބޭނުންވި މީހުންނަށް މަޑުކުރަން ހުއްދަ ދިންކަމާއި މިގޮތުން 6 ވަރަކަށް މީހުން މަޑުކުރިކަން.


 • ފުލުހުން އެސަރަހައްދުގައި ސެކިއުރިޓީ ޓޭޕް ދަމާ އެސަރަހައްދު ވަކިކޮށް، އެފް.އެސް.އެމް ފިއުލް ޝެޑް ކައިރީ ބެރިކޭޑް ބެހެއްޓިކަން. އުސްފަސްގަނޑުގެ އިރުމަތީ ސަރަހައްދުން، ރާޅުގަނޑު ފެށޭ ސަރަހައްދުން ފެށިގެން އަދި ފެމިލީ ކޯޓު ދޮރުމަތިން ފެށިގެން ކުޑަކުދިންގެ ބަގީޗާ ދޮރުމަތިން، ކަލާފާނު ސްކޫލް ގޭޓާއި ހަމައަށް އަމީނީމަގުގައި ބެރިކޭޑް ބެހެއްޓިކަން.


 • އެފް.އެސް.އެމް ފިއުލްޝެޑް ކައިރީގައިވާ ޕޮލިސް ބެރިކޭޑް ކައިރިއަށް އެއްވެފައިތިބި މީހުން  ހަމަނުޖެހުން ހިންގަންފެށުމުން އެ ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި 2 ފިރިހެނަކު ހައްޔަރުކުރިކަން.އުސްފަސްގަނޑު ސަރަހައްދު (ހަވީރު)

 • އިރުއޮއްސި 6 ޖަހާކަންހާއިރު ޕެޓްރޯލްޝެޑްއާ އަދި ފްލެޓްކައިރިން ބޮޑުތަކުރުފާނުމަގަށް ދެވެންއޮތް ހިސާބުން ބެރިކޭޑް ޖަހާ، މަގުބަންދުކޮށްފައިވާކަން.


 • އެއްވުމުގައި 150 އަށްވުރެ މަދުނޫން އަދަދަކަށް މީހުން އެޞަރަޙައްދުގައި ޙަރަކާތްތެރިވިކަން


 • ބެރިކޭޑްކައިރީ އެއްވެ ތިބި މީހުން ފުލުހުންނާ ދިމާލަށް ހަޅޭއްލަވައި ހަޑިހުތުރުބަހުން ދިމާކޮށް އިންޒާރުދީފައިވާކަން


 • ޢާންމުންގެ ތެރެއިން 4 އަންހެނަކު ހަޑިހުތުރުބަހުން އެއްޗެހިގޮވާ ހަދާތީ ފުލުހުން އެމީހުންގެ ފަހަތުން ގޮސް ދުރަށް ޖެއްސިކަން


 • މަގު ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑްތައް ނަގާ ޢާއްމުންގެ ތެރެއިން ބަޔަކު އެއެއްޗެހިތައް 3 ފަހަރު މަތީން މޫދަށް އުކާލިކަން


 • ބެރިކޭޑްތައް މޫދަށް އުކާލުމާއި ފުލުހުންނަށް އިންޒާރު ދިނުމުގެ ސަބަބުން 3 މީހަކު ހައްޔަރުކުރެވުނުކަން


 • ހައްޔަރުކުރެވުނު މީހުން ހައްޔަރުކުރުމުގައި ގަދަ ދައްކާފައި ނުވުމާއި އެމީހުން ހައްޔަރުކޮށްގެން ގެންދިއުމުގައި ފުލުހުން އެމީހުންނަށް އަނިޔާކޮށްފައިނުވާކަން އަދި ނޭދެވޭބަހުން މުޢާމަލާތްކޮށްފައި ނުވާކަން


 • މަގު ބަންދުކޮށްފައި ވީނަމަވެސް އެޞަރަޙައްދަށް ދުވަންދިޔަ މީހުންނަށާއި މޫދަށްދިޔަ މީހުންނަށް އެތެރެއަށް ވަނުމަށް ފުރުޞަތު ދިންކަންރޭގަނޑު 8:00 ގެ ފަސް

 • އެފްއެސްއެމް ޕެޓްރޯލްޝެޑްއާ އަދި ފްލެޓްތައް ކައިރިން ބޮޑުތަކުރުފާނުމަގަށް ދެވެންއޮތް ހިސާބުން ބެރިކޭޑް ޖަހާ، މަގުބަންދުކޮށްފައިވޭ


 • 30 ވަރަކަށް މީހުން އެއްވެ ތިބިކަމާއި އެއްވެތިބި މީހުން ފުލުހުންނާ ދިމާއަށް ހުތުރު ބަހުން އެއްޗެތި ކިޔަމުން ދިޔަކަން.


 • 10 ޖެހުމާ ގާތްވުމުން އެއްވެ ތިބި މީހުން މަދުވަމުންދިޔަކަން.


 • ސިފައިންގެ 4 ލޮރީ، ފަސްގަޑު ރޫޅާލުމަށް ބޭނުންވާ ސާމާނާ އަދި ސިފައިންނާއެކު ޞަރަޙައްދަށް ދިޔަކަން.


 • އުސްފަސްގަޑުގައި ހަދާފައިވާ ތަންތަނުގެ ބޮޑުބައެއް، ރޫޅާލާފައިވަނިކޮށް ކޯޓު އަމުރު ނެރެފައިވާކަން.


 • ކޯޓު އަމުރު ނެރުމުގެ ކުރިން އެއްކުރެވުނު ތަކެތި 2 ޕިކަޕަށް ލައިގެން ގެންދިޔަކަން އަދި ކޯޓު އަމުރުނެރުމާ ގުޅިގެން، ނަގާފަހުރި ތަކެތި އުސްފަސްގަޑުގައި ބަހައްޓާ ކޯޓު އަމުރަށް ތަބާވިކަން.


 • ރޫޅުމުގެ ތެރޭގައި އުސްފަސްގަނޑުގައި އެވަގުތު އެއްވެސް ހަމަނުޖެހުމެއް ނުހިގާކަން.ޗާންދަނީ މަގާއި މަޖީދީމަގާއި ގުޅުނު ހިސާބު


 • ގިނަ އަދަދެއްގެ މީހުން އެތަނަށް އެއްވެފައިވާކަން.


 • އެމް.ޑީ.ޕީގެ ޕިކަޕެއް މައިދާނަށް އައިސް އެއްވެ ތިބި މީހުންނާ މުޚާތަބުކުރިކަމާއި އޭގެ 10 ވަރަކަށް މިނެޓްފަހުން ފުލުހުން މައިދާނުގައި ޙަރަކާތްތެރިވާންފެށިކަން.


 • މީހުން ދުރަށްޖެއްސުމަށްޓަކައި ފުލުހުން އިންޒާރުދީ، ދުރަށް ދިއުމަށް އަންގަމުންދިޔަކަން.


 • ފުލުހުންނާ ދިމާއަށް 4 ފަރާތުންވެސް އެކި ވަރުގެ ގަލާ ފެންފުޅި އެއްވެ ތިބި މީހުން އުކަމުންދިޔަކަމާއި އެއްވެ ތިބި މީހުން ފުލުހުންނާ ދިމާއަށް ހުތުރު ބަހުން އެއްޗެތި ގޮވަމުން ދިޔަކަން.


 • އެއްވުން ރޫޅާލުމަށްޓަކައި ފަހުގެ އިންޒާރު ދިނުމަށްފަހު އެއްވެ ތިބި މީހުން ނުދިއުމުން ފުލުހުން ޢާއްމުން ފަހާ ދުވިކަން.


 • މަޖީދީމަގުގައި ކުރީގެ ޢަރަބިއްޔާ ކައިރީހުރި ހިލަބަސްތާތަކުން ހިލަތައްނަގާ އެއްވެ ތިބި މީހުން ފުލުހުންނާ ދިމާއަށް ހިލައުކިކަން އަދި ގައު ވެސް އުކާފައިވާކަން.


 • އެއްވުން ރޫޅާލުމުގެ ތެރޭގައި މަޖީދީމަގުގެ އިރުން އައި ފުލުހުންގެ ޕިކަޕަކުން ފުންމާލި ފުލުހުން، އެތާ އެއްވެ ތިބި މީހުން ފަހާދުވެ ދެމީހެއްގެ ގައިގައި މުގުރުން ޖެހިތަން ފެނުނުކަން.


 • އެވަގުތު ފުލުހުންވެސް ހަޑިހުތުރުބަހުރުވައިން އެއްޗެތި ގޮވިކަން.


 • އެއްވެ ތިބި މީހުން އެއްލި ގާގަޑަކުންޖެހި "ޙަޤީޤީ ބޮޑު ސޭލް" ފިހާރައިގެ ބޮޑުދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަކަން.


 • ފުލުހުންނާ ދިމާއަށް ގާއުކާ އަދި އަމުރަށް ނުކިޔަމަންތެރިވި މީހުން ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަކަމާއި 11:45 ހާއިރު ހައްޔަރުކުރެވުނު މީހުންނާއެކު ފުލުހުން ވެހިކަލްތަކުގައި މައިދާނުން ދިޔަކަން.


 • ފުލުހުން ދިއުމާއެކު އެކި ހިސާބުގައި އެއްވެ ތިބި މީހުން އެތަނަށް އަލުން އެއްވެ މުޒާހަރާކުރިކަން.


 • 12:41 ގައި ކޮމިޝަނުން މޮނިޓަރ ކުރުން ހުއްޓާލިއިރު، ހަމަނުޖެހުމެއް ނުހިނގާކަމާއި އެއްވެ ތިބީ މަދު ބައެއްކަން.