Human Rights Commission of the Maldives

ހިއުމަން ރައިޓްސް އެމްބެސެޑަރ ޕްރޮގްރާމް

ހިއުމަން ރައިޓްސް އެމްބެސެޑަރސް ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހިންގާ އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގެ ޙަރަކާތްތަކުގެ ތެރެއިން، މުޖުތަމައުގައި ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ދިފާޢު ކުރުމުގައި މަސައްކަތް ކުރާނެ ފަރާތްތައް ދެނެގަނެ، އެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އެފަރާތްތައް ބާރުވެރިކުރުވައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާ އެކުގައި މަސައްކަތް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ. ހިއުމަން ރައިޓްސް އެމްބެސެޑަރސްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަކީ 31 މާރިޗު 2019 އިން ފެށިގެން ހިއުމަން ރައިޓްސް އެމްބެސެޑަރުންގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކަނޑައަޅާފައިވާ ފަރާތްތަކެވެ.

    • އަނީސާ އަޙްމަދު    - އަންހެނުންގެ ޙައްޤުތައް
    • މުޙައްމަދު ޝިހާބު    - ކުޑަކުދިންގެ ޙައްޤުތައް
    • ރަޒީނާ ތުއްތުދީދީ    - އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް
    • އަހުމަދު ޙިޝާން    - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް (ވަގުތީ ގޮތުން ސަސްޕެންޑް ކުރެވިފައި)