Human Rights Commission of the Maldives

އިންޓަރ ސްކޫލް ހިއުމަން ރައިޓްސް މަޒްމޫނު މުބާރާތް 2014

ވަނަވަނައަށް ދިޔަ ފަރާތްތައްވަނަތަކަށް ހޮވުނު މަޒުމޫނުތައް (ދިވެހ)ވަނަތަކަށް ހޮވުނު މަޒުމޫނުތައް (އިގިރޭސި)(ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ މެދުގައި ބޭއްވޭ އިންސާނީ ޙައްޤުތަކުގެ މަޒްމޫނު މުބާރާތް)ތަޢާރަފް

އިންޓަރ ސްކޫލް މަޒްމޫނު ލިޔުމުގެ މުބާރާތް 2014 އަކީ ރާއްޖޭގެ ހުރިހާ ސުކޫލްތަކެއްގެ ހަޔަރ ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް އަމާޒު ކުރެވިގެން ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ހުޅުވާލެވެނީ ކަނޑައެޅޭ މަޢުޟޫތަކެއްގެ މައްޗަށް މަޒްމޫނެއްލިޔެ ތައްޔާރުކުރުމަށެވެ. މިގޮތުން ކޮމިޝަނުން ކަނޑައަޅާ މައުޟޫތަކުގެ ތެރެއިން ކޮންމެވެސް އެއް މައުޟޫއަކަށް ކަނޑައެޅިފައިވާ ދިގުމިނަކަށް ލިޔެ ތައްޔާރުކޮށްފައިވާ މަޒްމޫނެއް ލިޔެ ހުށަހެޅެވޭނެއެވެ. މިމުބާރާތުގައި އެކުއްޖެއް ބޭނުން ބަހަކުން ( އިނގިރޭސި/ދިވެހި) ލިޔުމުގެ އިޚްތިޔާރު އޮންނާނެއެވެ.މަޒްމޫނު މުބާރާތުގެ މަޤްޞަދު

  • ކިޔަވާކުދިންގެ މެދުގައި އިންސާނީ ޙައްޤުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުން

  • މުޖްތަމަޢުގައި ހުރި އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި ކަންތަކާއިމެދު ވިސްނާ އެފަދަ ކަންތައްތައް އިޞްލާޙްކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއިމެދު ވިސްނުން

  • އިންސާނީ ޙައްޤާއި ކަރާމަތަށް އިޙްތިރާމްކުރާ، އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާއިން ކަންތަކާއި މެދު ވިސްނުމަށް މަގުފަހިކޮށްދިނުން.

ހަރަކާތް އަމާޒު ކުރެވޭ ފަރާތްތައް

  • މިމަޒްމޫނު ލިޔުމުގެ މުބާރާތަކީ ހަޔަރ ސެކަންޑަރީ ކުދިންނަށް އަމާކުރެވިގެން ހިންގާ ހަރަކާތެކެވެ. އެގޮތުން ޢުމުރުން 16 އަހަރާއި 19 އަހަރުގެ ކުދިންނަށް ބައިވެރިވެވޭނެއެވެ.

  • އެގޮތުން ކޮންމެ ސުކޫލަކުންވެސް 10 ކުދިންނަށް ބައިވެރިވެ 10 މަޒުމޫނު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މަޒުމޫނު މާކު ކުރުމުގައި ބޭނުންކުރާ މިންގަނޑުތައް

ރީޑިންގް މެޓީރިއަލްސް