Human Rights Commission of the Maldives

ހޭލުންތެރިކުރުން

ތައާރަފް

އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެނިހެން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، އެޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ރޫޙު އާލާކުރުމުގެ މަސްއޫލިއްޔަތު ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (މ) އިން ކޮމިޝަނަށް ވަނީ ލާޒިމް ކޮށްފައެވެ. މި ޤާނޫނުގެ 21 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރެވިފައިވާ ފަދައިން، ސެމިނާރާއި، މަސައްކަތު ބައްދަލުވުން އަދި އެހެނިހެން ތަފާތު ގޕްރޮގްރާމްތައް ބާއްވާ އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ މަސައްކަތް ކުރެވެއެވެ. މީގެ ތެރޭގައި، އިންސާނީ ޙައްޤުތަކާ ގުޅުންހުރި ދުވަސްތައް ފާހަގަކުރުމާ، އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އިންސާނީ ޙައްޤުތަކާ ގުޅުންހުރި ތަފާތު ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދެވެއެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ އެފަރާތްތައް ބާރުވެރިކުރުމުގެ މަސައްކަތް ކުރެވެއެވެ.

މުޖުތަމައުގައި ޚާއްސަ ރައްކާތެރިކަމާ އަޅާލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތަކަށް އާއްމު ރައްޔިތުންނާއި ދައުލަތުގެ މުވައްސަސާތައް ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ވެސް ކުރިއަންގެންދެވެއެވެ. ހަމަ އެހެންމެ، އިންސާނީ ޙައްޤުތަކުގެ ތަޢުލީމު އިތުރަށް ތަރައްޤީކޮށް، ފުޅާކުރުމުގެ ގޮތުންވެސް ތަފާތު ޕްރޮގްރާމްތައް ހިންގެއެވެ.

ހަރަކާތްތައް