Human Rights Commission of the Maldives

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ދަށުން ދިވެހި ދައުލަތް ރިވިއުކުރުން (3 ވަނަ ރިވިއު) - އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުސިލްގެ 36 ވަނަ ސެޝަން


04-11-2020ތާރީޙް: ޔޫ.ޕީ.އާރް (ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު)އަކީ ޔޫ.އެންގެ މެމްބަރުޤައުމުތަކުގެ ތެރެއިން ކޮންމެ ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން އެކަށައަޅާފައިވާ ނިޒާމެކެވެ. ޔޫޕީއާރްގެ މައިގަނޑު މަގްސަދަކީ އ.ދގެ މެމްބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުގެ ޙާލަތު ރަނގަޅުކުރުމާއި އިންސާނީ ޙައްޤުތައް ގެއްލިފައިވާ މިންވަރު ދެނެގަތުމާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ޤައުމުތަކަށް ބާރުއެޅުމެވެ.
ހިއުމަންރައިޓްސްކައުންސިލުން ދިވެހި ދައުލަތް ރިވިއުކުރުމަށް ހަމަޖެހިފައިވަނީ މިއަދު (2020 ނޮވެމްބަރު 4 ވާ ބުދަ) ބާއްވާ ޔޫ.ޕީ.އާރްގެ 36 ވަނަ ސެޝަންގައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ރިޕޯޓް 2019 ވަނަ އަހަރުގެ އޮކްޓޫބަރުގައި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވަނީ ހުށަހަޅާފައެވެ. މި ރިޕޯޓުގައި ހިމަނާފައިވާނީ 2015 އިން 2019 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއިން ފާހަގަވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ހާލަތައް ރިއާޔަތްކޮށެވެ. މި ރިޕޯޓު އެކުލަވާލުމުގައި މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ޙައްޤުތަކުގެ ދަށުން 15 މަޢުލޫއަކަށް އަލިއަޅުވާލާފައިވާނެއެވެ.