Human Rights Commission of the Maldives

އިލްތިމާސް


15-04-2020ތާރީޙް: 



ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންސާނީ ޙައްޤުތައް ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި މިޙާލަތުގައި ދައުލަތުންނާއި އެންމެހައި ފަރުދުންވެސް މަސައްކަތްކުރުމަށާއި، ޚާއްޞަކޮށް މުޖުތަމަޢުގައި މި ނުރައްކާތެރި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، މުޅި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާޙައުލެއް ޤާއިމުކުރުމަށް ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދިހަމަ މިއާއެކު ކަމާގުޅުންހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ޒިންމާ ނެންގެވުމަށްވެސް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.