ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން ފިޔަވަތިއަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


15-12-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭގައި ހުންނަ ފިޔަވަތިއަށް
2019 ޑިސެންބަރު 15 ވަނަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްސަދަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ފިޔަވަތިއަށް، ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން 2019 ޖުލައި 30 ވަނަ ދުވަހު ޒިޔާރަތްކުރުމުން، އެ މަރުކަޒުގެ ހާލަތާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ބައެއް ކަންކަމާ ގުޅިގެން ކޮމިޝަނުގައި މަޝްވަރާކުރުމުން، އެ މަރުކަޒަށް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެފަރާތުން ޒިޔާރަތްކޮށް، އެ މަރުކަޒުގެ މެޓީރިއަލް ކޮންޑިޝަން ބެލުމަށް، ކޮމިޝަނުގެ ނަންބަރު (4)873 (2019 އޯގަސްޓް 01) ވަނަ ޖަލްސާއިން ނިންމާފައިވާތީ، ފިޔަވަތީގެ މިހާރުގެ މެޓީރިއަލް ކޮންޑިޝަން ދެނެގަތުމެވެ.