ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

2019 ވަނަ އަހަރުގެ އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތް އިސްކަންދަރު ސްކޫލްއިން ކާމިޔާބުކޮށްފި


05-09-2019ތާރީޙް: 

ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމްކޮށްގެން 2019 ސެޕްޓެމްބަރު 1 އިން 5 އަށް ކުރިޔަށްގެންގޮސްފައިވާ 'އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތް 2019' އިސްކަންދަރު ސްކޫލްއިން ކާމިޔާބުކޮށްފިއެވެ.

މި އަހަރު މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ 9 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އެއީ ފޭދޫ ސްކޫލް، ޖަމާލުއްދީން ސްކޫލް، ވިލުފުށީ ސްކޫލް، ރެހެންދީ ސްކޫލް، އިސްކަންދަރު ސްކޫލް، މުޙްޔިއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް އަދި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ. ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ އިސްކަންދަރު ސްކޫލްއާއި ކަލާފާނު ސްކޫލްއެވެ.

މި އަހަރުގެ މުބާރާތް ކުރިޔަށް ގެންދަނީ ހޯޕް ފޯ ވިމެން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ ސްޕޮންސަރުންނަކީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)، މެގަޗިޕް ކޮމްޕިއުޓަރސް، ހޮރައިޒަން ފިޝަރީޒް، ގޯލްޑަންގޭޓް، ސްޕޯރޓްސް ޕްލަސް އަދި ހެޔޮއެދޭ ފަރާތެކެވެ.

މި މުބާރާތުގެ ރެކޯޑިންގ ކަނޑައެޅިފައިވާ ވަކި ދުވަސްތަކެއްގައި ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވޭނެއެވެ. މިއީ މި މުބާރާތް ބާއްވާ 7 ވަނަ އަހަރެވެ.