Human Rights Commission of the Maldives

2019 ވަނަ އަހަރުގެ އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތް ފަށައިފި


01-09-2019ތާރީޙް: އިންސާނީ ހައްޤުތަކަށް ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި "އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2019"ގެ ނަމުގައި ކުއިޒް މުބާރާތެއް 2019 ސެޕްޓެމްބަރު 1 ވަނަ ދުވަހުގައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ފަށައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ 7 ވަނަ އަހަރެވެ. މި އަހަރު މި މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ 9 ސްކޫލަކުން ބައިވެރިވެފައިވެއެވެ. ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ ރެކޯޑިންގ ކަނޑައެޅިފައިވާ ވަކި ދުވަސްތަކެއްގައި ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވޭނެއެވެ.

މި އަހަރުގެ މުބާރާތް ކުރިޔަށް ގެންދަނީ ހޯޕް ފޯ ވިމެން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ ސްޕޮންސަރުންނަކީ، އެމްޑަބްލިޔުއެސްސީ، މެގަޗިޕް ކޮމްޕިއުޓަރސް، ހޮރައިޒަން ފިޝަރީޒް އަދި ނޮވެލް ގްރިލް އެންޑް ރެސްޓޯރެންޓްއެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ސެޕްޓެމްބަރު 5 ވަނަ ދުވަހުގައެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2017 ގައެވެ. އެ އަހަރު މުބާރާތުގެ ފައިނަލް ގައި ތާޖުއްދީން ސްކޫލާއި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ވާދަކޮށް މުބާރާތް ކާމިޔާބުކޮށްފައިވަނީ އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިންނެވެ.