ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

"ދަ ރައިޓް ސައިޑް އޮފް ލައިފް ސަރވޭ" އާގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރޭ ނޫސްބަޔާން


17-07-2019ތާރީޙް: 

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކާމެދު މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން މީހުންނަށް މަޢުލޫމާތު ލިބިފައިވާ މިންވަރު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން 2019 ޖުލައި 15 ވަނަ ދުވަހުން ފެށިގެން 1 މަހުގެ މުއްދަތައް "ދަ ރައިޓް ސައިޑް އޮފް ލައިފް ސަރވޭ" ގެ ދިރާސާ މަސައްކަތްވަނީ ފަށާފައެވެ. މި ދިރާސާކުރުމަށްޓަކައި މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.

މި ދިރާސާ ކުރިޔަށް ގެންދަނީ އަމިއްލަ ކޮންސަލްޓަންސީ ފަރމް އެއްކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެނެވެ. މަޢުލޫމާތު ހޯދުމަށް ގޭގެއަށް ޒިޔާރާތްކުރާއިރު މި ކޮމިޝަނުގެ ދިރާސާއެއްކަން އަންގައިދޭ ލިޔުމެއްގެ އިތުރުން ކޮންބައެއްކަން އަންގައިދޭ ކާޑެއްވެސް މި ފަރާތްތައް ބޭނުންކުރާނެއެވެ.

މި ދިރާސާ ކުރިޔަށް ގެންދިއުމުގައި އެންމެހައި ފަރާތްތަކުން އެއްބާރުލުން ދެއްވާ، ތެދު މަޢުލޫމާތު ޙިއްޞާކުރެއްވުމަކީ މި ކޮމިޝަނުގެ ވަރަށްބޮޑު އެދުމެކެވެ.