ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ދައުލަތުގެ ބެލުމުގެދަށުގައި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލިފައިވާ ކުޑަކުއްޖެއްގެ މައްސަލައާ ގުޅިގެން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކޮށްފި


14-07-2019ތާރީޙް: 

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ގެއްލިފައިވާ ކުޑަކުއްޖެއްގެ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުގެ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން އެދިފައިވާތީ، މި މައްސަލާގައި މިހާތަނަށް މި ކޮމިޝަނުންކޮށްފައިވާ މަސައްކަތާއި، ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އެ ކޮމިޓީއާ 2019 ޖުލައި 14 ގައިވަނީ ޙިއްސާކޮށްފައެވެ.