ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްފަރާތްތަކާ ބައްދަލުކޮށްފި


14-07-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލަށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ކުރި މޮނިޓަރިންގ ޒިޔާރަތަށްފަހު ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ތަންފީޛުވެފައިވާ ހުށަހެޅުންތަކާއި، ތަންޛީފުނުކުރެވިވާ ހުށަހެޅުންތަކާއި، ހުށަހެޅުންތައް ތަންފީޛުކުރުމަށް އިދާރާތަކުން ކުރާ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން، 2019 ޖުލައި 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްބޭފުޅުންނާއެކު މި ކޮމިޝަނުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށް އެ އިދާރާއާ ދިމާވާ އިދާރީ، ޤާނޫނީ އަދި މާލީ ގޮންޖެހުންތަކާއި، މިހާތަނަށް ތަންފީޛު ނުކުރެވިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށް ރާވާފައިވާ މަސައްކަތްތަކާ އަދި ތަންފީޛުކުރެވޭނެކަމަށް ލަފާކުރާ މުއްދަތާ ގުޅިގެން މަޝްވަރާކޮށްފައިވެއެވެ.