ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ނޭޝަނަލް ޑްރަގް އޭޖެންސީއާއި ހުޅުމާލޭ ހާފްވޭ ހައުސްގެ އިސްފަރާތްތަކާ ބައްދަލުކޮށްފި


14-07-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއަށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ކުރި ފޮލޯ-އަޕް ޒިޔާރަތަށްފަހު ފާހަގަކުރެވުނު ކަންތައްތަކާއި، 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހާފްވޭ ހައުސްއަށް ކުރި މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ތަންފީޛުވެފައިވާ ހުށަހެޅުންތަކާއި، ތަންޛީފުނުކުރެވިވާ ހުށަހެޅުންތަކާއި، ހުށަހެޅުންތައް ތަންފީޛުކުރުމަށް އިދާރާތަކުން ކުރާ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން، 2019 ޖުލައި 9 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ހާފްވޭ ހައުސްގެ އިސްބޭފުޅުންނާއެކު މި ކޮމިޝަނުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށް އެ އިދާރާތަކަށް ދިމާވާ އިދާރީ، ޤާނޫނީ އަދި މާލީ ގޮންޖެހުންތަކާއި، މިހާތަނަށް ތަންފީޛު ނުކުރެވިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށް ރާވާފައިވާ މަސައްކަތްތަކާ އަދި ތަންފީޛުކުރެވޭނެކަމަށް ލަފާކުރާ މުއްދަތާ ގުޅިގެން މަޝްވަރާކޮށްފައިވެއެވެ.