ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

2014 އޮގަސްޓު 08 އިން ފެށިގެން އަޙްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކޮށްފި


07-07-2019ތާރީޙް: 

2014 އޮގަސްޓު 08 އިން ފެށިގެން މ.ޝައިނިންގ ސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް މި ކޮމިޝަނުން ކޮށްފައިވާ މަސައްކަތާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ 2019 ޖުލައި 7 ގައި ޙިއްޞާކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީޢަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވެއެވެ. މީގެއިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި، ފުލުހުންގެ ތަޙުޤީޤާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވިފައިވެއެވެ.