ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

2019 ޖޫން 18 ވަނަ ދުވަހު ދައުލަތުގެ ބެލުމުގެދަށުގައި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލިފައިވާ ޝައިމް ޢަބްދުﷲ، (14 އަހަރު)ގެ މައްސަލައާ ގުޅިގެން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކޮށްފި


29-06-2019ތާރީޙް: 

2019 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ގެއްލިފައިވާ ޝައިމް އަބްދުﷲ (14 އަހަރު)ގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙްޤީޤުކުރަމުންދަނީ ޚައްޞާސީ މައްސަލައެއްގެ ގޮތުގައި މި ކޮމިޝަނުން އިސްނަގައިގެންނެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނުގެ ތަޙުޤީޤަށް އަދާހަމައަށް ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަވަސް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުވަނީ ޙިއްސާކޮށްފައެވެ.