ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާފަރާތްތަކަށް ކުރާ އިލްތިމާސް


25-03-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ނަންބަރު (6/2006) ގެ 20 ވަނަ މާއްދާގައިވާ މަސްއޫލިއްތު އަދާކުރުމަށްޓަކައި މި ކޮމިޝަނުން ދަނީ ދައުލަތުގެ ބެލުމުގެދަށުގައި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުން ބައިތިއްބާފައިވާ މަރުކަޒުތަކަށް ޒިޔާރަތްކޮށް، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރަވޭތޯއާއި އެތަންތަނުގެ ޢާންމު ޙާލަތު ބަލަމުންނެވެ.

ފަހަކަށްއައިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމުގައި ޒިންމާވާ ފަރާތްތަކުން އިހުމާލުވަމުންދާކަން ފާހަގަވާތީ، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމުގައި ޒިންމާވާ ފަރާތްތަކުން އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށާއި، ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން މިފަދަ މީހުންގެ ބެލެނިވެރިކަމުގެ ޒިންމާ ނަންގަވާ މުއައްސަސާތަކުން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމަށާއި، އަދި އިސްލާމްދީނުގެ މަތިވެރި އުސޫލާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.