ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޝަރީޢަތް ނުނިމި ލަސްވާކަމަށް ބުނެ އެޗް.އާރް.ސީ އެމް އަށް 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭ


11-03-2019ތާރީޙް: 

ޝަރީޢަތަށް މައްސަލަ ހުށަހެޅި، އެ މައްސަލަތަކާމެދު ގޮތެއް ނުނިމި ގިނަ އަހަރުތަކެއް ވަމުންދާތީ އެ ފަރާތްތަކުގެ ވަރަށް ގިނަގުނަ ޙައްޤުތަކެއް ގެއްލިގެންދާކަމަށް ބުނެ 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 18 ފަރާތަކުން މައްސަލަ ހުށަހަޅާފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން މި މައްސަލަތައް ބެލިބެލުމުން، އެ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ލިބޭކަމަށް ބެލެވޭތީ، ކަމާގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް މިކަންތައްތައް ތަކުރާރުކޮށް ގެނެވިފައިވެއެވެ. އެހެންނަމަވެސް، މިކަމުގައި އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވެއެވެ.