ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އާ ބައްދަލުކުރައްވައިފި


05-03-2019ތާރީޙް: 

މިނިސްޓަރ އޮފް ހޯމްއެފެއަރޒް އައްޝައިޙް އިމްރާން އަބްދުﷲ އާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އާމިނަތު އީނާސް އަދި ނައިބު ރައީސް މުޙައްމަދު ޒާހިދް 2019 މާރިޗް 4 ވީ ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

މިއީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޙް އިމްރާން އަބްދުﷲ މަޤާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ތަޢާރަފްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ނަމްބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 20 ވަނަ މާއްދާއިން ކޮމިޝަނަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ބެލުމުގެދަށުން ހިނގާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުން މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބަލާ ތަޙްޤީގުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.