ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޕަބްލިކް ސަރވިސް މީޑިއާ އާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބައްދަލުކޮށްފި


24-01-2019ތާރީޙް: 

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން 24 ޖަނަވަރީ 2019 ވީ ބުރާސްފަތި ދުވަހު ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، އިންސާނީ ޙައްޤުތަކާއި ޒިންމާތަކަށް ރައްޔިތުން ހޭލުންތެރިކުރުވައި، ޚައްޤުތައް ކުރިއަރުވައި އެ ޙައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރުމަށާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ މާހައުލެއް ޤާއިމްކުރުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.