ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބައްދަލުކޮށްފި


20-01-2019ތާރީޙް: 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން 17 ޖަނަވަރީ 2019 ވީ ބުރާސްފަތި ދުވަހު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ، ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހދ.ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ހދ.ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން 52 ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިނުވާތީއާއި އެ ފަރާތްތަކަށް ލިބެންވާ އެލަވަންސް ނުލިބުމުގެ އިތުރުން އެ ފަރާތްތަކަށް ލިބެންވާ އެތައް ޙައްޤުތަކަކުން މަޙްރޫމްވަމުންދާތީ، އެފަރާތްތަކަށް ގެއްލިގެންދާ މި ޙައްޤުތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކުރެވެމުންދާ މަސައްކަތްތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެކަންކަމާ ގޮޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން އިސްކަމެއްދީގެން މި ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ދެންނެވިއެވެ.