ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިމިގްރޭޝަންއާ ހިއުމަން ރައިޓްސް ކޮމިޝަނުން ބައްދަލުކޮށްފި


02-01-2019ތާރީޙް: 

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކައްތެރިންގެ ދިރިއުޅުމުގެ ޙާލަތާބެހޭގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިމިގްރޭޝަންއާ 31 ޑިސެންބަރު 2018 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުން ބައްދަލުކޮށްފިއެވެ.
ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އެއް ގޭބިސީއެއްގައި ދިރިއުޅޭކަމާއި އެ ތަނުގެ ސާފުތާހިރުކަން ކުޑަކަމާއި، އެ ތަނުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށްއުޅޭ ބިދޭސީ މަސައްކަތްތެރިންކަން ފާހަގަކުރެވި، އިންސާނަކަށްވީތީ ލިބެންވާ ޙައްޤުތަކުން މި ފަރާތްތައް މަޙްރޫމްވެފައިވާކަން މި ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، މި ފަރާތްތައް ރާއްޖެ ގެނެސް ވަޒީފާދެވުނުގޮތް ބަލައި، ވިސާނެތި ދިރިއުޅެމުންދާ ފަރާތްކާމެދު ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި އިމިގްރޭޝަންއިން ޢަމަލުކުރަމުންދާގޮތާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މީގެއިތުރުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތެރޭގައި:
1. ބިދޭސީއަކު ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަދީފައިވާ ދާއިރާއިން ބޭރުން ނުވަތަ ގަވާއިދާ ޚިލާފަށް މަސައްކަތްކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ރިޕޯޓުކުރިނަމަ އެކަމަށް ޢަމަލުކުރާ ގޮތާއި؛
2. ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނެސް ގެންގުޅެނީ ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދުއަޅާ ފިޔަވަޅުތަކާއި؛
3. ވަރކްޕަރމިޓް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތައް ހޯދުމުގައި ޢަމަލުކުރާގޮތާއި އަދި މި ފަރާތްތަކާއި މެދު އަޅާ ފިޔަވަޅުތަކާއި؛
4. ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ނެތް ނުވަތަ ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، ފިލައިގެން އުޅޭ ފަރާތްތައް މެދުވެރިކޮށް މަސައްކަތް ކުރުވައިފިނަމަ، އެ މަސައްކަތް ކުރުވާ ފަރާތާމެދު އަޅާފައިވާ ފިޔަވަޅުތަކާއި؛
5. ބިދޭސީންނަށް މުސާރަ ނުދޭ މައްސަލާގައި ޢަމަލުކުރާ ގޮތާއި އެފަރާތްތަކާމެދު އަޅޭ ފިޔަވަޅުތަކާއި؛

6. ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް މުސާރަ ލިބިދިނުމުގައި ޢަމަލުކުރާގޮތާއި؛
7. އެލް.އާރް.އޭގެ ފަރާތުންނާއި އިމިގްރޭޝަންއިން ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ އަދި ބައިތިއްބާ ތަންތަނުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާގޮތާއި، އަދި މި އިންސްޕެކްޝަންތަކުގައި ފާހަގަކުރެވޭ ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ މެދު އަމަލުކުރާގޮތާއި؛
8. މި މައްސަލަތައް ހައްލުކުރުމަށް މި ކޮމިޝަނާ ގުޅިގެން ދެ މުއައްސަސާއިން ކުރެވިދާނެ ކަންތައްތަކާ މެދުގައިވެސް މަޝްވަރާކުރެވުނެވެ.