ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކޮމިޝަން އޮފް ޕްރިޒަންސް އޯޑިޓްއާ ހިއުމަން ރައިޓްސް ކޮމިޝަނުން ބައްދަލުކޮށްފި


25-12-2018ތާރީޙް: 

ޖަލުތަކުގެ ޙާލަތު ބެލުމަށް ' ކޮމިޝަން އޮފް ޕްރިޒަންސް އޯޑިޓް' ގެ ނަމުގައި ހޯމް މިނިސްޓްރީއިން އުފައްދަވާފައިވާ ކޮމިޝަނުގެ އެދިވަޑައިގަތުމުގެ މަތީން އެ ކޮމިޝަނާ، ހިއުމަން ރައިޓްސް ކޮމިޝަނުން 2018 ޑިސެންބަރު 24 ވަނަ ދުވަހު ވަނީ ބައްދަލުކޮށްފައެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރެވުނެވެ. 2003 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައިވާ ތަންތަނަށް 107 ޒިޔާރަތެއްކޮށް ކަމާގުޅުންހުރި އިދަރާތަކަށް 1399 ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ.

ކޮމިޝަން އޮފް ޕްރިޒަސް އޯޑިޓް އުފެދުމުން، ހިއުމަން ރައިޓްސް ކޮމިޝަނުން މިހާތަނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް އިތުރު ބާރެއްލިބިގެންދާނެކަމަށް އުންމީދުކެރެވެއެވެ.

މި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ނާއިބު ރައީސްއާއި ކަމާގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.