ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް އަމާޒުކޮށް ދިރާސާ މަސައްކަތެއް ހިއުމަން ރައިޓްސް ކޮމިޝަނުންފަށަނީ


10-12-2018ތާރީޙް: 

އައްޑޫ ސިޓީގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތް މިންވަރު ދެނެގަނެ އެފަރާތްތަކުގެ ޙާލަތު ރަގަޅުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ދިރާސާއެއް މި ޑިސެންބަރު މަހުގެ 10 އިން 12 އަށް އައްޑޫ ސިޓީގައި ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލް އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން ކުރިޔަށް ގެންދާ ދިރާސާއެކެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓަމުންދާ ރަޖިސްޓަރީގައި ހިމެނޭ ޢުމުރުން ދުވަސްވީ މީހުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލިސްޓަށް ބިނާކޮށް އެފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތް ކޮށްގެންނެވެ.