ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އިސްތަންބުލްގައި ކުރިޔަށްދާ އޯ.އައި.ސީގެ ސެމިނަރގައި އެޗް.އާރ.ސީ.އެމްއިން ބައިވެރިވެއްޖެ


18-10-2018ތާރީޙް: 

މިމަހުގެ 17 އަދި 18ގައި ތުރުކީގެ އިސްތަމްބުލްގައި ކުރިޔަށްދާ ސެމިނާ "އިސްލާމްއޮފޯބިއާ: އަ ހިއުމަން ރައިޓްސް ވަޔޮލޭޝަން އެންޑް އަ ކޮންޓެންޕޮރަރީ މެނިފެސްޓޭޝަން އޮފް ރޭސިޒަމް" ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނާއިބް ރައީސް އަލްފާޟިލް މުޙައްމަދު ޒާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މުސްލިމުންނާމެދު ނަސްލީ އަދި ދީނީގޮތުން ގެންގުޅޭ ނުރަނގަޅު ވިސްނުންތައް ނައްތާލުމާއި ގުޅޭގޮތުން ކުރިޔަށްދާ ސެމިނާގައި އެޗް.އާރ.ސީ.އެމްގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ޤައުމުތަކުން ބައިވެރިވެފައިވެއެވެ.

މި ސެމިނަރ އިންތިޒާމްކޮށް ކުރިޔަށްގެންދަނީ އޯ.އައި.ސީގެ ދަށުން އިންޑެޕެންޑެންޓް ޕަރމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން އާއި ތުރުކީގެ ސަރުކާރު ގުޅިގެންނެވެ.