Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ކާޑް އިފްތިތާޙްކޮށްފި


04-10-2018ތާރީޙް: ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ކާޑެއް އިފްތިތާޙްކޮށްފިއެވެ. 'ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތުކާޑު'ގެ ނަމުގައި އިފްތިތާޙް ކުރި މި ކާޑުގެ މަޤްޞަދަކީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންނަށް ލިބިގެންވާ އަސާސީ ޙައްޤުތަކަށް އަހުލުވެރިކުރުމާއި އަދި ޙައްޤެއް ނިގުޅައިގަނެވިފައިވާނަމަ، އެކަމާ ގުޅިގެން އެހީތެރިކަން ހޯދުމަށް ގުޅާނެ ފަރާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި މަޢުލޫމާތު ކާޑު ތަރުޖަމާކުރެވިފައިވަނީ ބެންގާލީ، މަޅަޔާލަމް އަދި ނޭޕަލީސް ބަހަށެވެ.

މި ޕްރޮޖެކްޓަށް ފަންޑްކޮށްދެއްވީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް.) މޯލްޑިވްސްގެ ފަރާތުންނެވެ.