ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސާރވިސްއާ ބައްދަލުކޮށްފި


04-10-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން މޯލްޑިވްސް ޕޮލިސް ސާރވިސްއާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް 2018 މާރިޗު 27 ވަނަ ދުވަހުކުރި މޮނިޓަރިންގ ޒިޔާރަތާއި، މ. މުލި ޕޮލިސް ސްޓޭޝަނަށް 2018 އޭޕްރިލް 17 ވަނަ ދުވަހުކުރި މޮނިޓަރިންގ ޒިޔާރަތްތަކުގައި ފާހަގަވެފައިވާ ކަންކަމުގެ މައްޗަށްބަލައި އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރރުމެވެ. މީގެ އިތުރުން ކޮމިޝަނުން ތައްޔާރުކޮށް ޙިއްޞާކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، ހުށަހެޅުންތައް ތަންފީޛުވަމުންދާގޮތާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޛުކުރުމަށް ހުރި ދަތިތަކާއި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.