ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމްއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުމެއް ބާއްވައިފި


06-08-2018ތާރީޙް: 

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ސްޓޭކްހޯލްޑަރުންނާއެކު 2018 އޮގަސްޓު 6 ވީ ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މަޤުޞަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލާއެކު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤައުމީ ނިޒާމަށް އަންނާނެ ބަދަލުތަކާ، ދިމާވެދާނެ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދާ މިކަމާގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެއެވެ. މި ބައްދަލުވުމުގައި 13 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.


ލިންކް: http://hrcm.org.mv/publications/otherdocuments/billcomments/CommentsToChildRightsBill16Jul2018.pdf