ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމްއިން 2018 ވަނަ އަހަރުގެ އެންޓި-ޓޯޗަރ އަހަރީ ރިޕޯޓު ޢާންމުކޮށްފި


05-08-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަންއިން 2018 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓު ޝާއިއުކޮށް، ޢާންމުކޮށްފިއެވެ. މި ރިޕޯޓަކީ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)ގެ 37 މާއްދާގެ (ށ)އިން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ޢާންމުކުރުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިވާ ރިޕޯޓއެކެވެ. މި ރިޕޯޓުގައި ހިމަނާފައި ވާނީ 01 ޖުލައި 2017 އިން 30 ޖޫން 2018 ގެ ނިޔަލަށް (ރިޕޯޓުގެ މުއްދަތުގައި) ކޮމިޝަނުން، އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކެވެ.