ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަންތަނާއި ބެހޭފަރާތްތަކާއެކު އެޗް.އާރް.ސީ.އެމްއިން ބައްދަލުކޮށްފި


05-08-2018ތާރީޙް: 

ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަންތަނަށް ޒިޔާރަތްކުރުމަށްފަހު އެތަންތަނުގައި އިސްލާހުކުރުމަށް ހުރިކަންކަމަށް މި ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކަނޑައެޅިފައިވާ މުހިންމު ހުށަހެޅުންތައް ތަންފީޒުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަންއިން ސްޓޭކްހޯލްޑަރސް ބައްދަލުވުމެއް 5 އޮގަސްޓު 2018ގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވިލިމާލެ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތިއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛު ކުރުމުގައި ދިމާވާ ދަތިތަކާއި، ދަތިތަށް ހައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ އަދި އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.