ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއެކު ބައްދަލުކޮށްފި


19-07-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެލިމީއާއެކު 18 ޖުލައި 2018 ގައި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ކޮމިޝަނުން ބަލަމުންދާ ކުޑަކުދިންނާއި ޢާއިލީ މައްސަލަތަކާ ގުޅޭގޮތުން އެންމެފަހުގެ މަޢުލޫމާތު ހޯދުމާއި، ކުޑަކުދިންނާމެދު އިޙުމާލުވާ މައްސަލަތައް މަދުކުރުމަށްޓަކައި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ.

މިއީ ކޮމިޝަނަށް ހުށަހެޅޭ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާއި އެކަންކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް މުއައްސަސާތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލު ވުމެކެވެ.