ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-06/2018


11-07-2018ތާރީޙް: 

ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންގ މޭޓުންނަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރުގެއްލޭފަދަ ކަންކަންކުރުމާއި މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަފަސާދައުފެދި އާއްމު މަސްލަޙަތު ގެއްލޭ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

އަދި، ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށްގެންދާ ޙަރަކާތްތަކަކަށް ހެދުމަށްޓަކައި ޤާނޫނާއި ގަވާއިދުތަކަށް އިޚްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.